މިނިސްޓަރ އޮފް ހޯމް އެފެއަރޒް ކަރެކްޝަންގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި

Corrections

ކަރެކްޝަނަލް ސަރވިސްގެ އިސްވެރިންނާ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝެއިޚް އިމްރާން ޢަބްދުﷲ ބައްދަލުކުރައްވައިފިއެވެ.

ކަރެކްޝަނަލް ސާވިސްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމަކީ މިނިސްޓަރ އޮފް ހޯމް އެފެއަރޒްގެ މަޤާމާއި އައްޝެއިޚް އިމްރާން ޢަބްދުﷲ ހަވާލުވެވަޑައިގެންނެވުމަށްފަހު  މުއައްސަސާގެ އިސްވެރިންނާއިއެކު ބޭއްވި ފުރަތަމަ ބައްދަލުކުރެއްވުމެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒަށް ކަރެކްޝަނަލް ސަރވިސްގެ އެކިދާއިރާތަކާއި ގުޅޭ މަޢުލޫމާތު ވަނީ ހިއްސާކޮށްފައެވެ. އަދި  މުއައްސަސާ މިހާރަށްވުރެ ތަރައްޤީކޮށް ކުރިއެރުވުމަށް ކުރެވެންހުރި މަސައްކަތްތަކާއި ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލް އާއި، ޖަލުތަކުގެ ޑައިރެކްޓަރުންނާއި، ކޮމިޝަންޑް އޮފިސަރުން ބައިވެރިވިއެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *