ފިރިހެނުންގެ ދުވަސް ފާހަގަ ކުރުމަށް ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

_MG_6712

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ފިރިހެނުންގެ ދުވަހަކީ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހެވެ. މި ދުވަސް ފާހަގަ ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މިއަދާއި މިރޭ ވަނީ ޚާއްޞަ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

_MG_6681

އެގޮތުން ހެޑް އޮފީހުގައި މަސައްކަތް ކުރާ އަންހެން އޮފިސަރުންނާއި ސިވިލް މުވައްޒަފުންގެ ފަރާތުންވަނީ ހެޑް އޮފީހުގައި މަސައްކަތްކުރާ ފިރިހެން އޮފިސަރުންނާއި ސިވިލް މުވައްޒަފުން ހެނދުނު އޮފީހަށް ދިއުމުން ރަތް ދޫލައިގެ މަރުޙަބާއެއް ކިޔާފައެވެ. އަދި ކޮންމެ ފިރިހެން ބޭފުޅަކަށް ކަޕް ކޭކަކާއެކު ހަދިޔާވެސް ދީފައިވެއެވެ. އަދި މިރޭ ހެޑް އޮފީހުގައި މަސައްކަތްކުރާ ހުރިހާ ފިރިހެން ބޭފުޅުންނަށް ޚާއްޞަ ރޭގަނޑުގެ ފަރިއްކޮޅެއްވެސްވަނީ ދީފައެވެ. މި ފަރިއްކޮޅު ނިމިގެންދިޔައީ ދުވަހާ ގުޅޭގޮތުން އަންހެން ބޭފުޅުންގެ ފަރާތުން ތައްޔާރުކޮށްފައިވާ ޚާއްޞަ ކޭކު ފެޅުމުންނެވެ.

IMG_4074

މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާފުށީ ޖަލުގައި މަސައްކަތްކުރާ އަންހެން އޮފިސަރުންނާއި ސިވިލް ސްޓާފުންގެ ފަރާތުންވެސް ވަނީ އެ ޖަލުގައި މަސައްކަތްކުރާ ފިރިހެން އޮފިސަރުންނާއި ސިވިލް މުވައްޒަފުންނަށް ޚާއްޞަ ރޭގަނޑުގެ ފަރިއްކޮޅެއް ދީފައެވެ.

ނޮވެމްބަރު 19 ވަނަ ދުވަހު ދުނިޔޭގައި ބައިނަލްއަޤްވާމީ ފިރިހެނުންގެ ދުވަސް ފާހަގަކުރަނީ، ޢާއިލާތަކާއި އަދި މުޖުތަމަޢަށް ފިރިހެނުން ގެނެސްދޭ ހެޔޮ އުޞޫލުތަކާއި ފިރިހެނުންގެ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރު ކުރުމުގެ ބޭނުމުގައެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *