ޕްރިޒަން އޮފިސަރުން ހުވާކުރުމުގެ ދެވަނަ ރަސްމިއްޔާތު ބާއްވައިފި

10407564_608196482626260_4174742004100360953_n

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތް ކުރައްވާ ޕްރިޒަން އޮފިސަރުންގެ ދެވަނަ ހުވާކުރުމުގެ ރަސްމިއްޔާތު ރޭ މާފުށީ ޖަލުގައި ބާއްވައިފިއެވެ.  މި ރަސްމިއްޔާތުގައި 132 އޮފިސަރުން ވަނީ ހުވާކޮށްފައެވެ.

މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޔޫސުފް އަބްދުލް ޣަފޫރުއެވެ.

10610796_608196289292946_387842083437189139_n

ޖަލު އޮފިސަރުންގެ ހުވަޔަކީ “ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު” ގެ 44 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކޮންމެ އޮފިސަރަކުވެސް ކުރަން ޤާނޫނުގައި ލާޒިމް ކޮށްފައިވާ ކަމެކެވެ.

ޖަލުތަކާއި ޕެރޯލުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވަނީ “މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އުފެދި އެ ސަރވިސްގެ ވަޒީފާ ދެވޭ ކޮންމެ އޮފިސަރަކު  މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އޮފިސަރުންގެ ހުވައި ފަނޑިޔާރެއްގެ ކުރިމަތީގައި ކުރަންވާނެއެވެ.”

10584006_608196465959595_2719583693162936418_n

މިރޭގެ ރަސްމިއްޔާތުގައި ޖަލު އޮފިސަރުންނަށް ހުވާ ލައިދެއްވީ މާފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭތް އިބްރާހިމް ހުސައިން އެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް މޫސާ ޢާޒިމް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލްގެ އިތުރުން ޖަލުތަކުގެ ޑައިރެކްޓަރުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *