ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިލެކްޝަންސް ކޮމިޝަންގެ ބޭފުޅުންނާ ބައްދަލުކުރައްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް) ގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލް އިލެކްޝަންސް ކޮމިޝަންގެ ބޭފުޅުންނާ މިއަދު ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުން އޮތީ އިލެކްޝަންސް ކޮމިޝަންގެ އޮފީހުގައެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ޖަލުތަކުގައި ހުކުމް ތަންފީޒްކުރަމުންދާ ގައިދީން ވޯޓުލުމަށް ކުރަންޖެހޭ އިންތިޒާމްތަކާއި ގުޅޭގޮތުންނެވެ.

މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރގެ އިތުރުން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބައެއް ކޮމިޝަންޑް އޮފިސަރުން ބައިވެރިވެލެއްވިއެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބައްދަލުވުމުގައި ބައިވެރެލެއްވީ އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް އަޙްމަދު ޢަލީ އާއި ބައެއް އިސް ބޭފުޅުންނެވެ.