ކޮމިޝަނަރ އޮފް ޕްރިޒަންސް މޫސާ ޢާޒިމް މާފުށީ ޖަލަށް ޒިޔާރަތްކުރައްވައިފި

cp azim

ކޮމިޝަނަރ އޮފް ޕްރިޒަންސް މޫސާ ޢާޒިމް މިއަދު މާފުށީ ޖަލަށް ޒިޔާރަތް ކުރައްވައިފިއެވެ.

ސީޕީ ޢާޒިމްގެ މި ދަތުރުފުޅުގައި މާފުށީ ޖަލުގެ އެކި ޔުނިޓްތައް ބައްލަވާލައްވާ އެތަންތަނުގެ މަސައްކަތްތައް ހިނގާނުހިނގާގޮތް ބެއްލެވިއެވެ. އަދި މާފުށީ ޖަލުގެ ސީނިއާ މެނޭޖްމަންޓް އޮފިސަރުންނާ ބައްދަލުކުރައްވާ ޖަލުގެ ކަންތައްތައް ރަނގަޅުކުރުމަށް ކުރަންހުރި މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާ މަޝްވަރާ ކުރެއްވިއެވެ.

މާފުށީ ޖަލުގެ ސީނިއާ މެނޭޖްމަންޓާ ބައްދަލުކުރެއްވުމަށްފަހު ސީޕީ ޢާޒިމް ދެން ބައްދަލުކުރެއްވީ އިމަޖެންސީ ސަޕޯޓް ގްރޫޕްގެ ކޮމާންޑަރުންނާއެވެ. މި ބައްދަލުކުރެއްވުމުގައި ޖަލުތަކުގެ ސެކިއުރިޓީ ނިޒާމް ހަރުދަނާ ކުރުމަށް ކުރެވެންހުރި މަސައްކަތްތައް ބަލައި އެމަސައްކަތްތައް ކުރުމަށް މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެވުމުގައި ހެޑް އޮފީހުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *