ކްލަބް މޯލްޑިވްސް ކަޕް 2018: ޕްރިޒަން ކުލަބު ދެވަނަބުރަށް.

ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ކުޅުނު ގްރޫޕް އެޗްގެ ފަހުމެޗު ހޯމް އެފެއާޒް ރިކްރިއޭޝަން ކްލަބު ފަސޭހަކަމާއެކު ބަލިކޮށް، ޕްރިޒަން ކްލަބު އެގްރޫޕް އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

ރޭގެ މެޗުގައި ޕްރިޒަން ކުލަބު 10 ލަނޑު ކާމިޔާބު ކޮށްފައިވާއިރު ހޯމް އެފެއާޒް ރިކްރިއޭޝަން ކުލަބަށް ކާމިޔާބު ކުރެވުނީ އެންމެ ލަނޑެކެވެ.

ރޭގެ މެޗުގައި ޕްރިޒަން ކުލަބުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހުސައިން ނަބީހު އާއި އިސްމާއިލް ޒަރީރު، މިއިން ކޮންމެ ކުޅުންތެރިއަކު ހަތަރު ލަނޑު އަދި އާދަމް މަންސޫރުއާއި ޖައިލަމް ޖަމީލުއާ ދެކުޅުންތެރިން ކޮންމެ ކުޅުންތެރިއަކު ލަނޑެކެވެ.

ރޭގެ މެޗުގެ މޮޅުކުޅުންތެރިއަކަށްވެސް ހޮވިފައިނީ ޕްރިޒަން ކުލަބުގެ ޙުސައިން ނަބީހުއެވެ.

ރޭގެ މެޗުން މޮޅުވުމުން ޕްރިޒަން ކުލަބުވަނީ އެއްވެސް މެޗަކުން ބަލިނުވެ 7 ޕޮއިންޓާއެކު އެގްރޫޕްގެ ތާވަލުގެ އެއްވަނައިގައެވެ.