ކޮމިޝަނަރ އޮފް ޕްރިޒަންސް އައްސޭރި ޖަލަށް ޒިޔާރަތް ކުރައްވައިފި

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އައްސޭރިޖަލަށް އިއްޔެ ޒިޔާރަތް ކުރައްވައިފިއެވެ.

3

ސީޕީ ޝިހާންގެ މި ޒިޔާރަތުގައި އެސްޕީ މޫސާ އަންވަރު އަދި އައްސޭރި ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން އެސްޕީ މުޙައްމަދު ޝާހީން ޢަލީ ގެ އިތުރުން އެޖަލުގެ އިސް ބައެއް އޮފިސަރުންނާއި ހެޑް އޮފީހުގެ ބައެއް ސްޓާފުން ބައިވެރިވެލެއްވިއެވެ.

1

ކޮމިޝަނަރގެ މި ޒިޔާރަތުގައި އައްސޭރި ޖަލުގެ ސަރަހައްދުގައި ކުރެވެމުންދާ ގިނަގުނަ މަސައްކަތްތައް ބައްލަވާލެއްވިއެވެ. އޭގެތެރޭގައި ސްޓާފް ސަރަހައްދުގައި ކުރެވެމުންދާ މަރާމާތު މަސައްކަތްތަކާ، ޖަލުގެ ޤައިދީން ތިބޭ ސަރަހައްދަށް ޒިޔާރަތްކުރައްވާ މެސްހޯލް ބޮޑުކުރުމަށް ގަސްދުކުރައްވާފައިވާބައި ބައްލަވާލައްވާ، އެމްސީއެސްގެ ލޯންޗް އެހެލައި މަރާމާތުކުރާތަނާއި، އައްސޭރި ޖަލުގައި 18 އަހަރު ނުވާކުދިން ތިބި ސަރަހައްދުގައި، އެކުދިން ހައްދާ ގަސްތައްހުރި “ގްރީން ހައުސް” އަށާއި، އައްސޭރި ޖަލުގެ އެކިއެކި ސަރަހައްދުތަކަށް ޒިޔާރަތްކުރައްވާ އެތަންތަން ބައްލަވާލެއްވިއެވެ. އަދި ޖަލުގެ ދަނޑުވެރިކަން ކުރާ ސަރަހައްދު ބައްލަވާލައްވާ އެތަނުގެ މަސައްކަތުގައި ތިބި ޤައިދީންނާއި ބައްދަލުކުރައްވާ އެމަސައްކަތްތައް ކުރާގޮތް އޮޅުންފިލުއްވިއެވެ.