މާފުށީ ޖަލުގައި ޑިނަރ ނައިޓެއް ބާއްވައިފި

maafushi prison

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާފުށީ ޖަލުގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ އެ ޖަލުގައި ޑިނަރި ނައިޓެއް ބާއްވައިފިއެވެ.

މި ޑިނަރ ނައިޓް ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާންއެވެ.

މި ހަފްލާގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލްގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަންޑް އޮފިސަރުންނާއި ސީނިއަރ ރޭންކްތަކުގެ ޕްރިޒަންސް އޮފިސަރުން އަދި މާފުށީ ޖަލުގެ ގިނަ އަދަދެއްގެ އޮފިސަރުންނާއި އާއިލާތަކުން ބައިވެރިވެފައިވެއެވެ.

މި ޑިނަރ ނައިޓްގައި މާފުށީ ޖަލުގެ އޮފިސަރުންގެ ތެރެއިން ފާހަގަކޮށްލެވޭ އޮފިސަރުންނަށް ހަނދާނީ ލިޔުމާއި އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލާ ވަނީ ހަވާލުކޮށްފައެވެ. އެގޮތުން އިތުރު ޙަރަކާތްތަކުން މާފުށި ޖަލަށް ރީތިނަން ހޯދައިދީފައިވާ ފަރާތްތަކަށާއި، ރިހެބިލިޓޭޝަން ފްރޭމްވޯކް ފޭސް 1 އާއި ފޭސް 2 ގައި ކިޔަވައިދެއްވި ފެސިލިޓޭޓަރުންނަށާއި، މާފުށީ ޖަލާއި، އީއެސްޖީ އާއި އައިކޯސްޓް ގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން 01 ނޮވެމްބަރު 2016 ން 31 އޮކްޓޯބަރ 2017 ގެ ނިޔަލަށް ސަލާމްނުލާ އަދި ގަޑިނުޖެހި އަދި ނާދެ އަރާފައިނުވާ އޮފިސަރުންނާއި މުވައްޒަފުންނަށްވެސް ވަނީ އެކަމުގެ އަގުވަޒަން ކުރުމުގެގޮތުން ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. އަދި މާފުށީ ޖަލާއި، އީއެސްޖީ އާއި އައިކޯސްޓް ގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން 01 ނޮވެމްބަރު 2016 ން 31 އޮކްޓޯބަރ 2017 ގެ ނިޔަލަށް ހާޒިރީން ސައްތައިން ސައްތަ ހޯދާފައިވާ އޮފިސަރުންނާއި މުވައްޒަފުންނަށާއި 2017 ވަނަ އަހަރުގެ ފިޒިކަލް ފިޓްނަސް ޓެސްޓުން އެންމެ މަތިން މާކްސް ހޯދާފައިވާ އޮފިސަރުންނަށާއި މާފުށި ޖަލުގެ އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން އަމިއްލަ ކުރިއެރުމަށް މަސައްކަތްކޮށްފައިވާ އޮފިސަރުންނަށާއި މުވައްޒަފުންގެ އިތުރުން ވޭތުވެދިޔަ އަހަރު މާފުށީ ޖަލަށް އެކި ގޮތްގޮތުން އެހީތެރި ވެފައިވާ ފަރާތްތަކަށް ވަނީ އެކަމުގެ އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. އަދި މިޙަފްލާގައިވަނީ މާފުށީ ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަންގެ ހާއްސަ އެވޯޑެއްވެސް ތަޢާރަފްކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *