‏ޕްރެޒިޑެންޓްސް ކަޕް ރިކްރިއޭޝަނަލް ފުޓްސަލް މުބާރާތް: އެމްސީއެސް‏‎ ‎‏ކުޅުނު ތިން ވަނަ މެޗް ‏‏އެއްވަރު‏

3rd m

ޕްރެޒިޑެންޓްސް ކަޕް ރިކްރިއޭޝަނަލް ފުޓްސަލް މުބާރާތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ރޭ ބައްދަލުކުރިމެޗް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެއްޖެއެވެ.

ރޭގެ މެޗުގައި ދެ ޓީމަށްވެސް ލަނޑުޖަހާނެ ފުރަސަތުތައް ލިބުނު ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން ވަނީ ނުހިފިފައެވެ. އެމްސީއެސް އިން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށް ހަމަލާތައް ދެމުން ދިޔަނަމަވެސް، ޕީއެސްއެމްގެ ޑިފެންސް ވަނީ ވަރުގަދައަށް ދަމަހައްޓާފައެވެ. އަދި މެޗު ނިމުނު އިރުވެސް ނަތީޖާ ވަނީ 0-0 ލަނޑުގައެވެ.

ދެން އެމްސީއެސް ބައްދަލުކުރާނީ އަންނަ ބުދަ ދުވަހުގެ ހަވީރު 16:30ގައި ސްޓެލްކޯއާއެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *