‏އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ޤައިދީއެއް ނިޔާވެއްޖެ‏

news-background

މާފުށި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ޤައިދީއެއް މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު ނިޔާވެއްޖެއެވެ.

ނިޔާވި ގައިދީއަކީ ގ. ކީމާ، ޢަބްދުﷲ ރަޝީދު މުޙައްމަދު، 51 އަހަރުއެވެ. އޭނާއަކީ މާރާމާރީގެ ކުށަކަށް، ޖުލައި 2016 ގައި ފަސް އަހަރުގެ ހުކުމެއް ތަންފީޒުކުރަމުން ދިޔަ ގައިދީއެކެވެ.

އެ ޤައިދީ މާލެ ގެނެސްފައިވަނީ ހޮޑުލާ ބޭރަށްހިންގުމާއެކު ލޭގެ ޕްރެޝަރު ދައްވެ އަދި ބޮޑުކަމުދާ އެއްޗެތި ކަޅުކުލައިގާ ހުރެގެން އިންޓަރނަލް ބްލީޑިންގް ކަމަށް ޝައްކުކުރެވޭތީއެވެ. ނަމަވެސް އައިޖީއެމްއެޗުން އެ ޤައިދީ އޮބްޒަރވޭޝަންގައި ބާއްވާފައިވަނިކޮށް، މިއަދު ހެނދުނު ކުއްލިއަކަށް އޭނާގެ ހާލަތު ގޯސްވެގެން އިމަރޖެންސީ ފަރުވާ ދޭންޖެހިފައިވެއެވެ. އަދި އެ ޤައިދީއަށް އީއާރުގައި އިތުރު ފަރުވާ ދެމުންދަނިކޮށް މިއަދު 10:20 އެހާއިރު އޭނާވަނީ ނިޔާވެފައެވެ. ނިޔާވާން މެދުވެރިވި ސަބަބެއް ކަމުގައި މަރުސާބިތުކުރާ ފޯމުގައި ވަނީ އިންޓަރނަލް ބްލީޑިންގް ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *