‏ޕީ.އާރު.ސީ ފުޓްބޯލް ޓޯނަމަންޓް 2017: ޓީމް އެޗްކިއު ބަލިކޮށް، އީއެސްޖީ ދެވަނަބުރުގެ ހަތަރު ‏‏ވަނަ މެޗް ކާމިޔާބުކޮށްފި‏

ޕްރިޒަން ކްލަބުން އިންތިޒާމް ކޮށްގެން ހިންމަފުށީގައި ކުރިއަށްގެންދާ ޕީއާރުސީ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ ހަތަރުވަނަ މެޗް އީއެސްޖީ ކާމިޔާބުކޮށްފިއެވެ.

މި މެޗްގައި އީއެސްޖީ އިން ޓީމް އެޗްކިއު ބަލިކޮށްފައިވަނީ 3-1 ލަނޑުންނެވެ. ފުރަތަމަ ހާފްގައި އީއެސްޖީ ޓީމުގެ އަންވަރު މޫސާ އާއި އަޙްމަދު ޝާމިން ގެ ދެލަނޑުން އީއެސްޖީ ވަނީ ޓީމް އެޗްކިއު މައްޗަށް ކުރިހޯދާފައެވެ. އަދި ދެވަނަ ހާފްގައި އަޙްމަދު ޝާމިން ވަނީ އިތުރު ލަނޑެއްޖަހައި، ސްކޯ 3-0 އަކަށް ބަދަލުކޮށްފައެވެ. އެޗް ކިއު ޓީމްއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ ފާހުހާފުގައި ކާމިޔާބުކޮށްފައިވަނީ އެ ޓީމްގެ ހުސެއިން އަލީއެވެ.

މިއަދުގެ މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ އީއެސްޖީގެ އަމްޖަދު އަލީއެވެ.

ދެވަނަ ބުރުގެ ފަސްވަނަ މެޗް ކުޅޭނީ މާދަމާއެވެ. މި މެޗްގައި ބައްދަލުކުރާނީ ޓީމް އެޗްކިއު އާއި މާފުށީ ޕްރިޒަން އެވެ.