އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި ޤައިދީން ބައިވެރިވެއްޖެ

މިއަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި 18 ޤައިދީން ބައިވެރި ވެއްޖެއެވެ. ދިވެހި، އިސްލާމް، އިނގިރޭސި އަދި ހިސާބު މާއްދާގައި މިއަހަރު ޤައިދީން ބައިވެރި ވެފައިވާއިރު ކުރީ އަހަރުތަކުގައި ޤައިދީންވަނީ ރަނގަޅު ނަތީޖާއެއް ހޯދާފައެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން ވަނީ މިފަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި ބައިވެރިވި ޤައިދީން ރަނގަޅު ކާމިޔާބެއް ހޯދުމަށް ހިތްވަރު ދެއްވާފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ޤައިދީންގެ ތައުލީމީ ފެންވަރު މަތިކޮށް އެމީހުންނަކީ މުޖުތަމައު ބަލައިގަންނަ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ. އަދި ތައުލީމުގެ ތެރެއިން މަސައްކަތް ދަސްކޮށްދިނުމަކީވެސް އެމްސީއެސް އިން ކުރަމުން ގެންދާ ކަމެކެވެ.