‏މާފުށީ ޖަލުގެ ގައިދީންތަކެއްގެ މެދުގައި ހަމަނުޖެހުމެއް ހިންގައިފި‏

މާފުށީ ޖަލު

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާފުށީ ޖަލުގެ އެއް ޔުނިޓުގެ ގައިދީންގެ މެދުގައި ހަމަނުޖެހުމެއް ހިގައިފިއެވެ.

މި ހަމަނުޖެހުން ހިނގާފައިވަނީ ގައިދީންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް ދިމާވެގެންކަމަށް އެމްސީއެސްއިން މައުލޫމާތު ދެއްވައެވެ.

މިއަދު ހިނގި މި ހަމަނުޖެހުމުގައި ގައިދީން އެކަކުއަނެކަކާ ތަޅާފޮޅުމުގެ ތެރޭގައި ތިން ގައިދީއަކަށް އެކިވަރުގެ އަނިޔާވެފައިވާކަމަށާ ނަމަވެސް ސީރިއަސް އެއްވެސް އަނިޔާއެއް ވެފައިނުވާކަމަށް އެމްސީއެސް އިން މައުލޫމާތު ދެއްވައެވެ.

މި ހަމަނުޖެހުން ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މާފުށީ ޖަލުގެ އޮފިސަރުންވަނީ މި މައްސަލަ ހައްލުކޮށްފައެވެ.