ސާފުކުރުމުގެ ހަރަކާތްތަކުގައި އެމްސީއެސް އިން ބައިވެރިވެއްޖެ.

“އިންޓަރނޭޝަނަލް ކޯސްޓަލް ކްލީން އަޕް ޑޭ” ގެ ހަރަކާތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބައިވެރި ވެއްޖެއެވެ.

މި ހަރަކާތުގައި ކ. ހިންމަފުށްޓާއި ކ. މާފުށީގެ ގޮނޑުދޮށާއި ހޭޅިފަށާއި އަދި ވަށައިގެންވާ ސަރަޙައްދުތައް ވަނީ ސާފުކޮށްފައެވެ. ކ. މާފުށި ސާފުކުރުން ކުރިއަށް ގެންގޮސްފައިވަނީ މާފުށީ ކައުންސިލް އާއި ގުޅިގެންނެވެ. ހިންމަފުށީގައި ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން އައްސޭރި ޖަލުގެ ބޭރުން އަތިރިމަތިވަނީ ސާފުކޮށްފައެވެ.

IMG_8925

މި ހަރަކާތުގައި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ޕްރިޒަން އޮފިސަރުންނާއި ސިވިލް މުވައްޒަފުން ވަނީ ހަރަކާތްތެރިވެފައެވެ. އަދި މި މަސައްކަތުގައި އައްސޭރިޖަލުގެ ޤައިދީންވެސް ވަނީ ބައިވެރި ވެފައެވެ.

_MG_8205

މިފަދަ މަސައްކަތްތަކުގައި ޤައިދީންގެ ބައިވެރިވުން އޮތުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ކަރެކްޝަނަލް ސަރވިސްއިން ދެކެއެވެ. އެގޮތުން މުޖުތަމައުގެ މިފަދަ މަސައްކަތްތަކުގައި ގައިދީން ބައިވެރިކޮށް އެމީހުންގެ ވިސްނުމަށް ހެޔޮ ބަދަލުތަކެއް އަންނާނެފަދަ ގޮތަކަށް ކަންތައްތައް ރޭވުމަކީ އެމްސީއެސްގެ އަމާޒެކެވެ.