“އަރޭނާ ހޮޓެލްސް ޕީއާރުސީ ވޮލީ ބޯޅަ މުބާރާތް 2017” ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

assa

“އަރޭނާ ހޮޓެލްސް ޕީއާރުސީ ވޮލީ ބޯޅަ މުބާރާތް 2017” ނިންމުމުގެ ރަސްމިއްޔާތު، ރޭ ކުޅުނު ފިރިހެން ޑިވިޝަންގެ ފައިނަލް މެޗަށްފަހު، މާފުށީ ޖަލުގެ ވޮލީކޯޓް ސަރަހައްދުގައި ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު ޝިހާން އެވެ. މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލް އާއި އެމްސީއެސްގެ ކޮމިޝަންޑް ރޭންކްގެ އޮފިސަރުންނާއި މާފުށި ކައުންސިލްގެ ރައީސް އުސްމާން ރަޝީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މުބާރާތް ސްޕޮންސަރ ކޮށްދެއްވާފައިވަނީ އަރޭނާ ހޮޓެލްސްގެ ފަރާތުންނެވެ. އަރޭނާ ހޮޓެލްސް އަކީ މާފުށީގައި ގެސްޓް ހައުސް ވިޔަފާރި ފުޅާދާއިރާއެއްގައި ހިންގަމުންގެންދާ ފަރާތެކެވެ.

މި ރަސްމިއްޔާތުގައި، މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށާއި މުބާރާތް ކުރިއަށް ގެންދިއުމުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށާއި ޗެމްޕިއަން ޓީމުތަކަށް ތަށި ހަވާލުކުރުން އޮތެވެ.

icostesg

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ އައިކޯސްޓް އީއެސްޖީ އެވެ. ރަނަރަޕް ޓީމަކަށް ހޮވިފައިވަނީ “މާފުށި ޕްރިޒަން 2” އެވެ. އަދި ފެއަރޕްލޭ ޓީމަކަށް ހޮވިފައިވަނީ “މާފުށި ޕްރިޒަން 1” ޓިމެވެ.

newwss

އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ ނިއު ސްޓަރ ސްޕޯރޓްސް ކްލަބެވެ. ރަނަރަޕް ޓީމަކަށް ޑަބްލިއުޑީސީ ހޮވިފައިވާއިރު ފެއަރޕްލޭ ޓީމަކަށް ހޮވިފައިވަނީ މާފުށީ ސްކޫލް ޓީމެވެ.

molhu 6

މުބާރާތުގެ އެންމެ މޮޅު އަންހެން ކުޅުންތެރިންނަށް ހޮވިފައިވަނީ ޑަބްލިއުޑީސީ ޓީމްގެ މުފާޝާ އާއި ފާތުމަތު ޝަނޫރާ އާއި އަފްރާ އާދަމް އާއި ނިއު ސްޓާރސް ޓީމްގެ ޝަރުވާ މުހައްމަދު އާއި މަރިޔަމް ނަޖްފާގެ އިތުރުން އައިމިނަތު ފަޒްލާއެވެ. އަދި މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް މާފުށި ޕްރިޒަން ޓީމްގެ ފާތުމަތު ޝަފީނާ ހޮވިފައިވާއިރު، އަންހެން ޑިވިޝަންގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ނިއު ސްޓާރ ޓީމްގެ ކޯޗް، އިސްމާއިލް ޝިހާމްއެވެ.

މުބާރާތުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިންނަށް ހޮވިފައިވަނީ އައިކޯސްޓް އީއެސްޖީ ޓީމުގެ އަހުމަދު ފާރިސް އަލީ އާއި އަލީ އާސިފްގެ އިތުރުން “މާފުށީ ޕްރިޒަން 2” ޓީމުގެ ހުސައިން ފަޒީލް އާއި އިސްމާއިލް ޝިހާމްގެ އިތުރުން މުހައްމަދު ޝަރީފް އާއި “މާފުށި ޕްރިޒަން 1” ޓީމުގެ ހުސައިން ސަމާހުއެވެ. އަދި އެންމެ މޮޅު ލިބަރޯ ކުޅުންތެރިއަކަށް އައިކޯސްޓް އީއެސްޖީގެ އިއްޒަތު ސަލީމް ހޮވިފައިވާއިރު އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ އައިކޯސްޓް އީއެސްޖީ ޓީމުގެ ކޯޗް އަބްދުލް މަޖީދު އެވެ. އަދި އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ އައިކޯސްޓް އީއެސްޖީ ޓީމްގެ ފިރާޝް އަބްދުއްރަހީމް އެވެ.

މުބާރާތުގައި ރެފްރީ ކޮމެޓީގައި ހަރަކާތްތެރި ވެފައިވަނީ އަބްދުﷲ ސިމާދު އަލީ އާއި އަހުމަދު ފާރިސްގެ އިތުރުން އަޝްރަފް އިބްރާހިމް އެވެ. މި ތިން ބޭފުޅުންނަށް ޕްރިޒަން ކްލަބުންވަނީ ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *