މިނިވަންދުވަސް ފާހަގަ ކުރުމުގެ ގޮތުން އެކުވެރިކަމުގެ ވޮލީ މެޗެއް ކުޅެފި.

މިނިވަންދުވަސް ފާހަގަ ކުރުމުގެ ގޮތުން މާފުށީ ޖަލުގެ މެނޭޖްމަންޓްގެ ޓީމަކާއި އައިކޯސްޓް އާއި އީއެސްޖީ އިން ހޮވާލެވުނު ޓީމަކާއެކު، އެކުވެރިކަމުގެ ވޮލީ މެޗެއް ކުޅެފިއެވެ.

މިއަދު ހަވީރު މާފުށީ ޖަލުގެ ވޮލީ ކޯޓްގައި ކުޅުނު އެކުވެރިކަމުގެ މިމެޗް 3 ސެޓް 2 ސެޓުން ކާމިޔާބުކުރީ އައިކޯސްޓް އާއި އީއެސްޖީގެ ޓީމެވެ.

މި މެޗްގައި ދެޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.

ދިވެހިރާއްޖޭގެ މިނިވަން ދުވަހަކީ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. މިނިވަންކަމުގެ ތާރީޚުގައި ދިވެހިރާއްޖެއަކީ ދުނިޔޭގެ ޤައުމުތަކުގެ ނިޞްބަތުގައި ވަރަށް މަތިވެރި މަޤާމެއް ޙާޞިލްކޮށްފައިވާ ޤައުމެކެވެ. ތާރީޚުން އެނގޭގޮތުގައި ރާއްޖެ އިސްލާމްވުމުގެ ކުރިންސުރެވެސް ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ އަމިއްލަ ވެރިކަމެއް ކުރަމުން އައި ރާއްޖެއެކެވެ.

ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނުތާ ދެމަހެއްހާ ދުވަހުގެ ތެރޭގައި ޔުނައިޓެޑް ނޭޝަންސް (ޔޫ.އެން) ގެ ފުރިހަމަ މެންބަރަކަށް ރާއްޖެވިއެވެ. އެގޮތުން ދުނިޔޭގެ މިނިވަން ޤައުމުތަކުގެ ސަފުގައި ދިވެހިރާއްޖެވެސް ފައިތިލަ ސާބިތުކޮށްލިއެވެ. އެފަޚުރުވެރި ދުވަހަކީ 1965 ވަނަ އަހަރުގެ ސެޕްޓެމްބަރ 21 ވަނަ ދުވަހެވެ.