‏ޤައިދީއަކު ނިޔާވެއްޖެ‏

ޙުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރޭގެ ފަތިހުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ އުމުރުން 52 އަހަރުގެ މީހެއްކަމުގައިވާ ހ. ލަންދޫގެއިރުމަތީބައި، މުޙައްމަދު ބަދީޢުއެވެ.

މުޙައްމަދު ބަދީއު ވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައި އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާދޭންފަށާފައެވެ. މީނާ ނިޔާވެފައިވަނީ ރޭގެ ފަތިހު 3:30 ހާއިރު އެވެ.