‏ބަންގްލަދޭޝް ޕްރިޒަން ޑިޕާޓްމަންޓްގެ ވަފްދު ދިވެހިރާއްޖެއަށް ކުރި ދަތުރު ނިންމާލުމަށްފަހު ފުރައިފި‏

ބަންގްލަދޭޝްގެ ވަފްދު އައްސޭރި ޖަލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ދައުވަތަށް ރާއްޖެ ވަޑައިގެންނެވި ބަންގްލަދޭޝްގެ ޕްރިޒަން ޑިޕާޓްމަންޓްގެ ވަފުދު، ދަތުރު ނިންމާލުމަށްފަހު ރޭ ފުރައިފިއެވެ.

ބަންގްލަދޭޝް ޕްރިޒަން ޑިޕާޓްމަންޓްގެ ވަފްދުގައި ހިމެނިވަޑައިގަންނަވަނީ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕްރިޒަންސް އާޝިން ކަންތަ ޕޯލް އާއި ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕްރިޒަންސް އެމްޑީ ނޫރުން ނަބީ ބުއިޔާން އާއި ޖެއިލަރ އޭ.ކޭ.އޭ.އެމް. މާސޫމް، ޖެއިލަރ އެމްޑީ އަބޫ ތާލިބް އާއި ޑިޕާޓްމަންޓް އޮފް ނާކޮޓިކްސް ކޮންޓަރޯލްގެ ޑިވިޒަނަލް އިންޓެލިޖަންސް އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރ މުޙައްމަދު މާމޫން ގެ އިތުރުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ސެކުއިރިޓީ ސަރވިސަސް ޑިވިޒަންގެ ޑެޕިއުޓީ ސެކްރެޓަރީ އެމްޑީ ޢަބްދުލް ކާދިރުއެވެ.

މި ޖޫން މަހުގެ 20 ން 24 އަށް ބަންގްލަދޭޝްގެ ޕްރިޒަން ޑިޕާޓްމަންޓްގެ ވަފުދު ރާއްޖެއަށް ކުރި މި ދަތުރުގައި، އެވަފުދުގެ ބޭފުޅުންވަނީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އާއި ބައްދަލުކުރައްވާފައެވެ. ބައްދަލުވުމުގައި ސީޕީ ޝިހާން ވަނީ ބަންގްލަދޭޝް ޕްރިޒަން ޑިޕަރޓްމަންޓްގެ ވަފްދުގެ ބޭފުޅުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.

މި ވަފުދުގެ ބޭފުޅުންވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކަށް ޒިޔާރަތްކޮށް އެތަންތަނުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ.

ބަންގްލަދޭޝްގެ ޕްރިޒަން ޑިޕާޓްމަންޓްގެ ވަފުދުގެ މި ޒިޔާރަތުގެ ސަބަބުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި ބަންގްލަދޭޝްގެ ޕްރިޒަން ޑިޕާޓްމަންޓުގެ ގުޅުން ވަނީ އިތުރަށް ވަރުގަދަވެގެން ގޮސްފައެވެ.