ހަތަރު ކޯހަކުން ފާސްވި އޮފިސަރުންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް) ގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގި ހަތަރު ކޯހަކުން ފާސްވި  އޮފިސަރުންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ރޭ މާފުށި ޖަލުގައި ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތް އޮނަރަބަލް ޢަބްދުﷲ ނާޠިމް އިބްރާހީމްއެވެ.

މި ރަސްމިއްޔާތުގައި ސެޓްފިކެޓް ދެވުނު ކޯސް ތަކަކީ ސެޓްފިކެޓް 1 އިން ކަސްޓޯޑިއަލް ސުޕަރވިޝަން، ސެޓްފިކެޓް 2 އިން ކަސްޓޯޑިއަލް ސުޕަރވިޝަން، ސެޓްފިކެޓް 1 އިން ސްޓަރޓިންގ އެގްރިކަލްޗަރ އަދި ލީޑަރޝިޕް މެނޭޖްމަންޓް ފޯ ކޮމިޝަންޑް އޮފިސަރސްއެވެ.

ފާސްވި ފަރާތްތަކަށް ސެޓްފިކެޓް ދެއްވާފައިވަނީ ޝަރަފްވެރި މެހްމާން މިނިސްޓަރ އޮފް ހެލްތް އޮނަރަބަލް ޢަބްދުﷲ ނާޠިމް އިބްރާހީމްއާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލްގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސް އޮފިސަރުންނެވެ.