އެމްސީއެސްގެ ތިން އޮފިސަރުން ބަނގުލަދޭޝްއަށް ފުރައިފި

މިހިނގާ މެއި މަހުގެ 15 އިން 19 އަށް އައިސީއާރުސީގެ ފަރާތުން ބަނގުލަދޭޝްގެ ވެރިރަށް ޑާކާގައި ބާއްވާ “ހަތަރުވަނަ އޭޝިއާ ޕެސިފިކް ރީޖަނަލް ކަރެކްޝަނަލް މެނޭޖަރސް ކޮންފަރެންސް” ގައި ބައިވެރިވުމަށް  މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ތިން އޮފިސަރުން ރޭ ބަނގުލަދޭޝްއަށް ފުރައިފިއެވެ.

މި ދަތުރުގައި ބައިވެރިވަނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އާއި މާފުށީ ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން، އޭއެސްޕީ ސަލްމާން ރަޝީދު އާއި ހެޑް އޮފް މީޑިއާ އެންޑް ޕަބްލިކްރިލޭޝަންސް، އެސްޕީއޯ އަޙްމަދު ލުގުމާން އެވެ.

މިބައްދަލުވުމުގައި ދުނިޔޭގެ ތަފާތު އެތައްގައުމަކުން މެންބަރުން ބައިވެރިވެއެވެ.