އެމްސީއެސްގައި މަސައްކަތްކުރާ މާބަނޑު މުވައްޒަފުންނަށް ޗުއްޓީ ދީފި

އެމްސީއެސްގެ އަންހެން އޮފިސަރުންތަކެއް ހޭންޑް ބޯލް ކުޅެނީ---

ރާއްޖޭގައި ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ “އިންފްލުއެންޒާ” ރޯގާ އާއި ގުޅިގެން، މި ރޯގާގައި އެންމެ ސީރިއަސް، ނުރައްކާތެރި ޙާލަތް މެދުވެރިވާ ކެޓަގަރީގައި މާބަނޑު މީހުން ހިމެނޭތީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތްކުރާ މާބަނޑު މުވައްޒަފުންނަށް ޗުއްޓީ ދީފިއެވެ.

ޗުއްޓީ ދީފައިވަނީ މުސާރައާއި އިނާޔަތްތައް ލިބޭ ގޮތަށެވެ.

އެމްސީއެސްގެ މެމޯގައި ވަނީ ވަޒީފާއަށް ނުނިކުންނަ ދުވަސްތަކުގައި މުސާރަ އާއި އެހެނިހެން އިނާޔަތްތައްވެސް ހިނގާނެ ކަމަށާއި އޮފީހަށް ނުނިކުމެ ހުންނަ މުއްދަތުގައި އޮފީހަށް ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި އޮފީހުގެ މަސައްކަތުގައި އެހީތެރިވެދިނުމަށްވެސް އެދޭކަމަށެވެ.