މާފުށީ ޖަލަށް ވައްދަން އުޅުނު މަސްތުވާތަކެތިތަކެއް އަތުލައިފި

މާފުށި ޖަލުގައި ހުކުމް ތަންފީޒްކުރަމުންދާ ގައިދީއަކަށް އާއިލާއިން ފޮނުވި އަންނައުނު ތަކެއްގެ ތެރޭގައި ފޮރުވާފައިހުރި މަސްތުވާ ތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހިތަކެއް ހޯދައިފިއެވެ.

ފަހަކަށް އައިސް ގައިދީންނަށް ރައްދުކުރުމަށް ފޮނުވާ ތަކެތި މެދުވެރިކޮށް ޖަލަށް ވައްދަން ހުއްދަ ނުކުރާ ތަކެތި ވައްދަން މަސައްކަތްކުރަނިކޮށް އަތުލައިގަނެވޭލެއް އިތުރުކަން ފާހަގަ ކުރެވެއެވެ.

މިފަދައިން ހުއްދަ ނުކުރާ ތަކެތި ޖަލުތަކަށް އެތެރެކުރުމަށް މަސައްކަތްކުރުމަކީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީން އިސްލާހުވުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއްކަމަށާއި އާއިލީ ބައްދަލުވުން ރަނގަޅު ގޮތުގައި ބޭނުންހިފާ އާއިލާތަކަށް ކުރެވޭ ވަރަށް ބޮޑު ބޭއިންސާފެކެވެ. އަދި  މިފަދަ ކަންކަމަކީ އެމްސީއެސްއިން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެކެވެ. އަދި ގައިދީންނަށާއި މުޖްތަމައުއަށް ގެއްލުންހުރި މިފަދަ ކަންތައްތައް ނުކުރުމަށް އާއިލާތަކަށާއި އާންމުންނަށް އެމްސީއެސް އިން އިލްތިމާސްކުރެއެވެ.