‏އެޗްޑީސީ ޔޫތު ފުޓްސަލް‏‎ ‎‏ކަޕް 2017: ޕީއާރުސީއިން ކުޅުނު ތިން ވަނަ މެޗްވެސް ކާމިޔާބުކޮށްފި‏

ރޭ ޕީއާރްސީ އާއި ވެމްކޯ ކުޅުނު މެޗްގެ ތެރެއިން

އެޗްޑީސީ ޔޫތު ފުޓްސަލް ކަޕްގައި ރޭ ކުޅުނު މެޗް، ވެމްކޯ ބަލިކޮށް ޕްރިޒަން ރިކްރިއޭޝަން ކްލަބް (ޕީއާރުސީ) ކާމިޔާބުކޮށްފިއެވެ.

މި މެޗް ޕީއާރްސީ ކާމިޔާބުކުރީ 2-0 ލަނޑުންނެވެ. މި ދެ ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފްގައެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕީއާރސީ ގެ ޖާޒީ ނަންބަރ 7 އިސްމާއިލް ޒަރީރުއެވެ. ޕީއާރްސީގެ ދެ ލަނޑު ކާމިޔާބުކޮށްފައިވަނީ ހުސެއިން ޒަރީރު އާއި ޕީއާރްސީ ކުރިން ކުޅުނު ދެ މެޗުގެވެސް މޮޅު ކުޅުންތެރިއަކަށް ހޮވިފައިވާ އާދަމް މަންސޫރުއެވެ.

ޕީއާރްސީ ކުޅޭންޖެހޭ ހަތަރު ވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 08:00 ގައި ހުޅުމާލޭ ފުޓްސަލް ގްރައުންޑް ގައެވެ.