އެޗްޑީސީ ޔޫތު ފުޓްސަލްކަޕް 2017: ޕީއާރުސީ ކުޅުނު ދެވަނަ މެޗުންވެސް މޮޅު

ރޭ ބައްދަލުކުރި މެޗްގެ ތެރެއިން

އެޗްޑީސީ ޔޫތު ފުޓްސަލް ކަޕްގައި ރޭ ކުޅުނު މެޗް، ބީވައިއެސް އާއި ބައްދަލުކޮށް ޕްރިޒަން ރިކްރިއޭޝަން ކްލަބް (ޕީއާރުސީ) ކާމިޔާބުކޮށްފިއެވެ.

މި މެޗް ޕްރިޒަން ރިކްރިއޭޝަން ކްލަބް ކާމިޔާބުކުރީ 5-6 ލަނޑުންނެވެ.

ހުޅުމާލޭ ފުޓްސަލް ގްރައުންޑްގައި ރޭ ކުޅުނު މިމެޗްގައި ފޯރިގަދަ ވާދަވެރި ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. މި މެޗްގެ ފުރަތަމަ ހާފް ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

ރޭގެ މެޗްގައި ޕީއާރސީ އިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕީއާރސީ ގެ ޖާޒީ ނަންބަރ 2 އާދަމް މަންސޫރުއެވެ. މަންސޫރު ވަނީ މި މެޗްގައި ހެޓްރިކް ހަދާފައެވެ.