ޕްރިޒަން އޮފިސަރުން ޓާމް ޑިއުޓީއަށް ފޮނުވަން ފަށަނީ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުގައާއި ހެޑް އޮފީހުގައި މަސައްކަތްކުރާ ޕްރިޒަން އޮފިސަރުން ޓާމް ޑިއުޓީ އަދާކުރަންޖެހޭގޮތަށް އާންމު އުސޫލެއް ނެރެފިއެވެ.

މި އުސޫލުގެ ބޭނުމަކީ ޕްރިޒަން އޮފިސަރުންގެ އަސާސީ ތަމްރީނުގައި ދަސްކޮށްދީފައިވާ ކަންކަން ރިފްރެޝް ކުރުމުގެ ފުރުޞަތު އޮފިސަރުންނަށް ދިނުމާއި، އެމްސީއެސްގެ ޖަލުތަކާއި ޑިޓެންޝަން ސެންޓަރު އަދި މަރުކަޒު ތަކުގައި މަސައްކަތް ކުރުމުގައި ހުރި ތަފާތުތަކަށް އޮފިސަރުން ހޭލުންތެރި ކުރުވުމުގެ އިތުރުން، މަސައްކަތުގެ ފެންވަރު މަތިކުރުމާއި، އޮފިސަރުންގެ މަސައްކަތުގައި ހުނަރުވެރި ކުރުމެވެ.

މި އުސޫލުގައިވާގޮތުން އޮފިސަރު މިހާރު މަސައްކަތް ކުރާ ތަންނޫން އެހެން ތަނެއްގައި ތިން މަސްދުވަހުގެ ޑިއުޓީއެއް އަދާކުރަން ޖެހެއެވެ. މި އުސޫލުގެ ދަށުން އޮފިސަރުން ޑިއުޓީ ކުރާތަންތަނުގެ ތަރުތީބު ކަނޑައަޅާނީ އެސްއެމްޓީގެ މަޝްވަރާގެމަތީން އެޗްއާރ ޑިޕާޓްމަންޓުން ތައްޔާރުކުރާ ތާވަލާ އެއްގޮތަށެވެ.