‏ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު ނިޔާވެއްޖެ‏

ޙުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު މިއަދު އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

މިއަދު ނިޔާވެފައިވަނީ އުމުރުން 51 އަހަރުގެ މީހެއްކަމުގައިވާ ސ. ފޭދޫ، ސްނޯ ވައިޓް ހަސަން ސައީދު އެވެ. މީނާއަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 19 އިން ފެށިގެން 15 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުން ގެންދިޔަ މީހެކެވެ.

ހަސަން ސައީދު ނިޔާވެފައިވަނީ ރޭ ދަންވަރު މޭގައި ރިއްސާތީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ނޭވާ ނުލެވިގެން މެޝިންގެ އެހީގައި ނޭވާލެއްވުމަށް މަސައްކަތް ކުރުމަށްފަހު، އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލުގެ އައިސީސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދު މެންދުރުފަހު 14:30 ހާއިރު އެވެ.