‏އައްސޭރި ޖަލުގެ އަހަރީ ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތު ބާއްވައިފި‏

އައްސޭރި ޖަލުގެ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމީއްޔާތުގައި

އައްސޭރި ޖަލުގެ އަށް ވަނަ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ރޭ 00:00 ގައި އައްސޭރި ޖަލުގައި ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަންޑް އޮފިސަރުންނާއި ޖަލުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތަށްފަހު އައްސޭރި ޖަލުގެ އަހަރީ ދުވަހުގެ ކޭކު ފެޅުން އޮތެވެ. ކޭކް ފެޅުމުގައި ރަސްމިއްޔާތަށް ވަޑައިގެންނެވި އެންމެހާ ބޭފުޅުން ބައިވެރިވެލެއްވިއެވެ.