‏އެމްސީއެސްގެ ވޮލީ މުބާރާތަކީ ސަރަހައްދީ ގައުމުތައް ފެންވަރުގެ ފުރިހަމަ މުބާރާތެއް: ވޮލީބޯލް އެސޯސިއޭޝަންގެ ‏‏ރައީސް‏

‏ވޮލީ ބޯލް އެސޯސިއޭޝަންގެ ‏ ‏ރައީސް އަލްފާޟިލް މުޙައްމަދު ލަޠީފް ‏‏މާފުށީ ޕްރިޒަން ވޮލީބޯލް ޓޯނަމަންޓް 2016 މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަ‏ނީ

އެމްސީއެސްގެ ވޮލީ މުބާރާތަކީ ސަރަހައްދީ ގައުމުތައް ފެންވަރުގެ މުބާރާތެއްކަމަށާއި މިހާތަނަށް ވޮލީ ބޯލް އެސޯސިއޭޝަނަށްވެސް މިފަދަ ފުރިހަމަ މުބާރެއްތެއް ނުބޭއްވޭކަމަށް އެ އެސޯސިއޭޝަންގެ ރައީސް އަލްފާޟިލް މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ލަޠީފް މިހެން ވިދާޅުވީ މާފުށީ ޖަލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދިޔަ “މާފުށީ ޕްރިޒަން ވޮލީބޯލް ޓޯނަމަންޓް 2016” މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މުބާރާތުގެ އިންތިޒާމްތަކަށް އަލިއަޅުވާލައްމުން ލަޠީފް ވަނީ މި މުބާރާތުގެ އިންތިޒާމް ކޮމިޓީގެ ރައީސް ސީޕީއޯ ޢަބްދުލް ޣަނީ އާއި މިކަމުގައި ހަރަކާތްތެރިވި ހުރިހާ އޮފިސަރުނާށާއި މުވައްޒަފުންނަށް ތައުރީފްކުރައްވާ ޝުކުރުއަދާކުރައްވާފައެވެ.

ލަޠީފް އިތުރަށް ވިދާޅުވީ ވޮލީ ކުޅުންތެރިންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބެންވާ ބައެއްކަމަށާއި އަމާޒު ގެއްލުވާލައިގެން ނުވާނެކަމަށާއި މިކަންކަން އިސްލާހުކޮށް މަސައްކަތްކުރުމުން ސެކަންޑް ޑިވިޟަނުން ފަރސްޓް ޑިވިޟަނަށް ދަތުރުކުރެވޭނެކަމަށެވެ.