‏މާފުށީ ޕްރިޒަން ވޮލީބޯލް ޓޯނަމެންޓް 2016: ސެމީ ފައިނަލްގެ އިއްޔެގެ ދެ މެޗް ޕްރިޒަނަރ މެނޭޖްމަންޓާއި ‏‏އީއެސްޖީ ކާމިޔާބުކޮށްފި‏

އިއްޔެ އީއެސްޖީ އާއި މާލޭ ޕްރިޒަން ކުޅުނު މެޗްގެ ތެރެއިން

މާފުށީ ޖަލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ “މާފުށީ ޕްރިޒަން ވޮލީބޯލް ޓޯނަމަންޓް 2016” މުބާރާތުގެ ސެމީ ފައިނަލްގެ އިއްޔެ ކުޅުނު ދެ މެޗް ޕްރިޒަނަރ މެނޭޖްމަންޓާއި އީއެސްޖީ ކާމިޔާބުކޮށްފިއެވެ.

އިއްޔެ ކުޅުނު ފުރަތަމަ މެޗްގައި ޕްރިޒަނަރ މެނޭޖްމަންޓް މެޗް ކާމިޔާބުކުރީ 3-0 ސެޓުން ޕްރޮގްރާމްސް އެންޑް އޮފެންޑަރސް ބަލިކޮށްފައެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޕްރިޒަނަރ މެނޭޖްމަންޓްގެ މުޙައްމަދު ޝަރީފްއެވެ.

15875368_577587352451170_1333317230067561488_o

ސެމީ ފައިނަލްގެ ރޭ ކުޅުނު މެޗްގައި އީއެސްޖީއިން ވަނީ 3-1 ސެޓުން މާލޭ ޕްރިޒަން އެންޑް އެޗްޑީސީ ބަލިކޮށްފައެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އީއެސްޖީގެ ޢަބްދުލް ޣަނީއެވެ.

މިއަދު ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލްގެ މެޗްތަކަކީ ޕްރިޒަނަރ މެނޭޖްމަންޓާއި މާލޭ ޕްރިޒަން އެންޑް އެޗްޑީސީ އަދި އީއެސްޖީ އާއި ފްރޮގްރާމްސް އެންޑް އޮފެންޑަރސްއެވެ.