‏މާފުށީ ޕްރިޒަން ވޮލީބޯލް ޓޯނަމެންޓް 2016: ހަތަރު ވަނަ އަދި ފަސް ވަނަ މެޗް ކާމިޔާބުކުރީ ޕްރިޒަނަރ ‏‏މެނޭޖްމަންޓާއި ޕްރޮގްރާމްސް އެންޑް އޮފެންޑަރ‏

ރޭ ކުޅުނު ‏ޕްރޮގްރާމްސް އެންޑް އޮފެންޑަރ‏ އާއި އެޗްކިއުގެ މެޗްގެ ތެރެއިން

މާފުށީ ޖަލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ “މާފުށީ ޕްރިޒަން ވޮލީބޯލް ޓޯނަމަންޓް 2016” މުބާރާތުގެ ރޭ ކުޅުނު މެޗްތައް ކާމިޔާބުކުރީ ޕްރިޒަނަރ މެނޭޖްމަންޓާއި ޕްރޮގްރާމްސް އެންޑް އޮފެންޑަރއެވެ.

އިއްޔެ ކުޅުނު ފުރަތަމަ މެޗްގައި ޕްރިޒަނަރ މެނޭޖްމަންޓް އިން ވަނީ 3-2 ސެޓުން މާލޭ ޕްރިޒަން ބަލިކޮށްފައެވެ. މި ފޯރިގަދަ މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޕްރިޒަނަރ މެނޭޖްމަންޓްގެ މުޙައްމަދު ޝަރީފްއެވެ.

މި މުބާރާތުގެ ފަސް ވަނަ މެޗް ޕްރޮގްރާމްސް އެންޑް އޮފެންޑަރ ކާމިޔާބުކުރީ 3-0 ސެޓުން އެޗްކިއުގެ މައްޗަށް ކުރިހޯދައިގެންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޕްރޮގްރާމްސް އެންޑް އޮފެންޑަރގެ ހުސައިން ފަޒީލްއެވެ.