އައްސޭރި ޖަލުގައި ގައިދީންނަށް ހާއްސަކޮށް ވޮލީ ބޯޅަ މުބާރާތެއް ފަށައިފި

އައްސޭރި ޖަލުގައި ކުރިއަށްގެންދާ ވޮލީ މުބާރާތުގެ ތެރެއިން---
އައްސޭރި ޖަލުގައި ކުރިއަށްގެންދާ ވޮލީ މުބާރާތުގެ ތެރެއިން---

އައްސޭރި ޖަލުގައި ގައިދީންނަށް ހާއްސަކޮށް ވޮލީ ބޯޅަ މުބާރާތެއް ފަށައިފިއެވެ.

އިއްޔެ ފެށި މި މުބާރާތުގެ ފުރަތަމަ މެޗް ކާމިޔާބުކުރީ ވައިޓް ޓީމާއި ބައްދަލުކޮށް ސީދާ ތިންސެޓުން ގްރީން ޓީމްއެވެ.

މިއަދު ކުޅުމަށް ހަމަޖެހިފައިވަނީ ރެޑް ޓީމް އާއި ޔެލޯ ޓީމްއެވެ.

މި މުބާރާތުގައި ބައިވެރިވެފައިވަނީ ގްރީން ޓީމް، ވައިޓް ޓީމް، ޔެލޯ ޓީމް އަދި ރެޑް ޓީމްއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ގައިދީން ރިހެބިލިޓޭޓްކުރުމުގެ އިތުރުން، އެމީހުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ދެމެހެއްޓުމަށާއި އެމީހުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމަށް މިފަދަ މުބާރާތްތައް ރާވާ ކުރިއަށް ގެންދެއެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *