މާފުށީ ޖަލުގައި ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

މިއަދު މާފުށީ ޖަލުގައި ހިންގި ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމްގައި އޮފިސަރުން ލޭ ހަދިޔާކުރަނީ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާފުށީ ޖަލުގެ 18 ވަނަ އަހަރީ ދުވަހާއި އެމަޖަންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ)ގެ 9 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރެއިން މިއަދު މާފުށީ ޖަލުގައި ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

“ކޮންމެ ލޭ ތިއްކަކީ ދިރިއުޅުމަށް އުއްމީދެއް” މި ޝިއާރުގެ ދަށުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ މޯލްޑިވިއަން ބްލަޑް ސަރވިސް އާއި ގުޅިގެން ކުރއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި މާފުށީ ޖަލާއި އީއެސްޖީގެ ގިނަ އަދަދެއްގެ އޮފިސަރުންގެ އިތުރުން މާފުށީގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކުންވެސް ވަނީ ބައިވެރިވެފައެވެ.

މިއީ މާފުށީ ޖަލުން ކުރިއަށް ގެންދިޔަ ލޭ ހަދިޔާ ކުރުމުގެ މިފަދަ ތިން ވަނަ ޕްރޮގްރާމެވެ.