މާފުށީގައި ކުރިއަށް ގެންދިޔަ ވޮލީ މުބާރާތް މާފުށީ ޖަލުގެ ޓީމުން ކާމިޔާބުކޮށްފި

މާފުށީ ޖަލުގެ ވޮލީ ޓީމް ތައްޓާއިއެކު

މާފުށީ ނިއު ސްޓާރސް ކްލަބަށް 30 އަހަރު ފުރުން ފާހަގަ ކުރުމަށް ކުރިއަށްގެންދިޔަ ވޮލީ ބޯޅަ މުބާރާތް މާފުށީ ޖަލުގެ ޓީމުން ކާމިޔާބު ކޮށްފިއެވެ.

މާފުށީގައި އިއްޔެ ކުޅުނު ފައިނަލް މެޗް މާފުށީ ޖަލުގެ ޓީމުން ކާމިޔާބުކުރީ 3-2 ސެޓުން އާޗާ ޓިމުގެ މައްޗަށް ކުރިހޯދައިގެންނެވެ.

މެޗްގެ ފުރަތަމަ ސެޓް މާފުށީ ޖަލުގެ ޓީމު ކާމިޔާބުކޮށްފައިވަނިކޮށް އާޗާ ޓީމުން ވަނީ ދެވަނަ ސެޓާއި ތިން ވަނަ ސެޓް ކާމިޔާބުކޮށް ކުރި ހޯދާފައެވެ. މާފުށީ ޖަލުގެ ޓީމުން ހަތަރު ވަނަ ސެޓް ކާމިޔާމިޔާބުކުރުމުން، ފަސް ވަނަ ސެޓް ކުޅެ، މާފުށީ ޖަލުން ވަނީ ފަހު ސެޓް ކާމިޔާބުކޮށްފައެވެ.

ފައިނަލް މެޗަށް ފަހު ވަނަ ތަކަށް ހޮވުނު ކުޅުންތެރިންނަށް ވަނީ މެޑަލްއާއި ހަނދާނީ ލިޔުން ދީފައެވެ. މިގޮތުން އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި މާފުށީ ޖަލު ޓީމުގެ ކެޕްޓަން ޙުސެއިން ސަމާހްގެ އިތުރުން އަޙްމަދު ޝާހީން ހިމެނުނެވެ.