‏ޕްރިޒަން އޮފިސަރުންނަށް ފިންގަރޕްރިންޓް ނެގުމަށާއި ފޮރެންސިކް އެވިޑެންސް އެއްކުރުމާ ގުޅޭ ‏‏ޓްރޭނިންގް ޕްރޮގްރާމެއް ފަށައިފި ‏

ފުލުހުން އެމްސީއެސްގެ އޮފިސަރުންންނަށް ފެށި ތަމްރީން ޕްރޮގްރާމްގެ ތެރެއިން

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އޮފިސަރުންނަށް “އިންޓްރޮޑަކްޝަން ޓު ފިންގަރޕްރިންޓް އެންޑް ފޮރެންސިކް އެވިޑެންސް” ގެ ނަމުގައި ޓްރޭނިންގް ޕްރޮގްރާމެއް މާފުށީ ޖަލުގައި މިއަދު ފަށައިފިއެވެ.

_mg_8579

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޓްރޭނިންގް ޕްރޮގްރާމްގައި ބައިވެރިންނަށް ސީން ޕްރޮސެސްކުރުމަށާއި، އެވިޑެންސް ނަގާ ބަންދުކުރުމަށާއި، ފިންގަރޕްރިންޓް ނެގުމަށާއި އަދި ޑީއެންއޭ ރެފަރެންސް ސާމްޕަލް ނެގުމުގައި އަމަލުކުރާނެ އުޞޫލުތަކާއި މިންގަނޑުތައް ދަސްކޮށްދެވޭނެއެވެ.

އެމްސީއެސްގެ 36 އޮފިސަރުން ބައިވެރިވާ މި ތަމްރީން ޕްރޮގްރާމްގެ ކްލާސްތައް ނަންގަވައިދެއްވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރެންސިކް ޑައިރެކްޓްރޭޓްގެ މުދައްރިބުންނެވެ.