ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާންގައި ގައިދީން ބައިވެރިވެއްޖެ

ގައިދީން އެސްއެސްސީ އިމްތިހާން ހެދުމަށް ތައްޔާރުވެފައި
ގައިދީން އެސްއެސްސީ އިމްތިހާން ހެދުމަށް ތައްޔާރުވެފައި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ގައިދީންނަށް ކިޔަވައިދީ އެމީހުންނަކީ މުޖުތަމަޢު ބަލައިގަންނަ ބަޔަކަށް ހެދުމަށް ކުރަމުންގެންދާ މަސައްކަތް ތަކުގެ ތެރެއިން 14 ގައިދީއަކު މިއަދު އެސް.އެސް.ސީ އިމްތިހާންގައި ބައިވެރި ވެއްޖެއެވެ.

އެސް.އެސް.ސީ އިމްތިހާންގައި މިދިޔަ އަހަރުވެސް 16 ގައިދީއަކު ވަނީ ބައިވެރިވެފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އާއި އިންސްޓިޓިއުޓް ފޮރ ޤްރުއާން އެންޑް ސުންނަތް ގުޅިގެން މިހާރުވެސް އެކިކަހަލަ ކޯސްތައް ޤައިދީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދެއެވެ.  އެގޮތުން ޤްރުއާން ކްލާސްތަކާއި ދީނީ ޢިލްމުގެ ކޯސްތައްވެސް ޖަލުތަކުގައި ތިބި ގައިދީންނަށް ހިންގަމުން ގެންދެއެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *