‏މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ބޭނުންވެއްޖެ‏

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ބޭނުންވެގެން އިޢުލާން ކޮށްފިއެވެ. އެސިސްޓެންޓް ސިވިލް އޮފިސަރ ކަމުގެ މަޤާމަށް އިޢުލާން ކޮށްފައިވާއިރު، މި މަޤާމަށް ހޮވޭ ފަރާތްތަކުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މާފުށީ ޖަލު ނުވަތަ އައްސޭރި ޖަލުގައެވެ. އެ އިޢުލާނުގައިވާގޮތުން، މި މަޤާމަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށައަޅަންޖެހޭ ލިޔެކިޔުންތަކާއެކު 2016 ސެޕްޓެމްބަރ 18 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް ހުށަހެޅުމަށް ވަނީ އެދިލައްވާފައެވެ. އަދި ހުށައަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފޯމްތައް ބާޠިލް ކުރެވޭނެކަމަށްވެސް އެ އިޢުލާންގައި ވެއެވެ. މި މަގާމުގެ އިއުލާން ވަނީ އެމްސީއެސްގެ ވެބްސައިޓް www.corrections.gov.mv ގައި އާއި ދިވެހިރާއްޖޭގެ ގެޒެޓް http://www.gazette.gov.mv/ ގައި ޝާއިއުކުރެވިފައެވެ.