‏މިނިސްޓަރ އޮފް ހޯމް އެފެއަރޒް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެގްޒެކެޓިވް ބޯޑާ ބައްދަލު ކުރައްވައިފި

_MG_1788

މިނިސްޓަރ އޮފް ހޯމް އެފެއާޒް އޮނަރަބަލް އަޒްލީން އަޙްމަދު، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރުންނާ އިއްޔެ ބައްދަލު ކުރައްވައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީހުގައި އިއްޔެ އޮތް މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ އެކިއެކި ޑިޕާޓްމަންޓްތަކާބެހޭ މައުލޫމާތު ސާފުކުރައްވާފައެވެ. އަދި  ޕްރިޒަން އޮފިސަރުން، ރައްކާތެރި މުޖްތަމައުއެއް ގާއިމުކުރުމުގައާއި ދެމެހެއްޓުމުގައި އަދާކުރަނީ ވަރަށް މުހިންމު ދައުރެއްކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ އެމަނިކުފާނުގެ ޕޮލިސީ ބްރީފިންގްއެއް އެމްސީއެސްގެ އެގްޒެކެޓިވް ބޯޑާ ހިއްސާކުރައްވާފައެވެ. އަދި އެމްސީއެސްއިން ގައިދީން ރިހެބިލިޓޭޓްކުރުމުގައި ކުރަމުންދާ  މަސައްކަތްތަކަށް ސަރުކާރުން ބަހައްޓަވާ އަހައްމިއްޔަތު ދަމަހައްޓަވާނެކަމަށްވެސް މިނިސްޓަރ ވަނީ ޔަގީންކޮށްދެއްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *