ރިހެބިލިޓޭޝަން ޕްރޮގްރާމުތަކުގެ އަމާޒަކަށް ވާންވީ މުޖުތަމަޢުއަށް ނެރޭ ގައިދީން އަނބުރާ ޖަލަށް ނައުން – ކޮމިޝަނަރ އޮފް ޕްރިޒަންސް

ފެސިިޓޭޓަރ ޕްރޮގްރާމްގައި ކޮމިޝަނަރ ވާހަކަފުޅު ދައްކަވަނީ
ފެސިިޓޭޓަރ ޕްރޮގްރާމްގައި ކޮމިޝަނަރ ވާހަކަފުޅު ދައްކަވަނީ

ކޮންމެ ޕްރިޒަންސް އޮފިސަރަކުވެސް ވިސްނުން ބަހައްޓަންވީ އެކިއެކި ޕްރޮގްރާމް ތަކުގެ ތެރެއިން މުޖުތަމަޢުއަށް ނެރޭ ގައިދީންނަކީ އިތުރުކުށަކަށް އަރައިގަނެގެން އަނބުރާ ޖަލަށް ނާންނާނެ ގޮތަށް ތަރުބިއްޔަތު ކުރެވޭބަޔަކަށް ވާންޖެހޭ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން މިއަދު ވިދާޅުވެއްޖެއެވެ.

ސީޕީ މިހެންވިދާޅުވީ “ފެސިލިޓޭޓަރ ޓްރެއިނިންގ ޕްރޮގްރާމް 2016” ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވުމުންނެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު މާލޭ ޖަލުގެ އެނެކްސް އެކެއްގައެވެ.

ސީޕީ އިތުރަށް ވިދާޅުވީ ގައިދީން މުޖުތަމަޢުއަށް ނެރޭއިރު އެމީހުންނަށް ދަސްކޮށްދޭންވީ ކަމަކީ ކުށުގެ ވެއްޓަށް އަނބުރާ ނުދާނެގޮތަކަށް އެމީހުންގެ ހުނަރު ތަރައްގީކުރުވައި، ހޭލުންތެރި ކުރުވުން ކަމަށެވެ. އަދި ވިދާޅުވީ ފުރިހަމަ ގޮތުގައި ރިހެބިލިޓޭޓް ކުރެވިއްޖެ ކަމުގައި ބަލަންވާނީ، ނުވަތަ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ނަތީޖާ މިނެކިރަންވާނީ، މިގޮތަށް މުޖުތަމަޢުއަށް ނެރޭ މީހުން އެނބުރި ޖަލަށް ނާންނަ މިންވަރަށް ބަލާފައި ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *