‏ކޮމިޝަންޑް އޮފިސަރސް ކޯސް މާލޭ ޖަލުގައި ފަށައިފި‏

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިންސްޓިޓުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން  ކޮމިޝަންޑް އޮފިސަރސް ކޯސް މާލޭ ޖަލުގައި އިއްޔެ ފަށައިފިއެވެ.

މިކޯހަކީ ކޮމިޝަންޑް އޮފިސަރުންނަށް (ޗީފް ޕްރިޒަންސް އޮފިސަރުން މަތީ ރޭންކްތައް) އަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ. މިކޯހުގައި ދެ އަންހެން އޮފިސަރުންނާއި 16 ފިރިހެން އޮފިސަރުންނާއިއެކު ޖުމްލަ 18 އޮފިސަރުން ބައިވެރިވިއެވެ.

ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހުގައި މެނޭޖްމަންޓް ސްކިލްސް، ޕަރފޯމަންސް މެނޭޖްމަންޓް، ބިހޭވިއަރިޒަމް އަދި ޕްރިޒަން މެނޭޖްމަންޓްފަދަ މޮޑިއުލްތައް ކިޔަވައިދޭނެކަމަށް އައިކޯސްޓް އިން މައުލޫމާތު ދެއްވައެވެ.

މީގެ އިތުރުން އޮފިސަރުންނަށް އަމާޒުކޮށްގެން ޑިޕްލޮމާ ފެންވަރުގެ ކޯސްތަކެއް ހިންގުމަށް ތައްޔާރުވަމުންދާކަމަށްވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިންސްޓިޓުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން މަޢުލޫމާތު ދެއްވައެވެ.