އައްސޭރި ޖަލުގައި އެސެސަރުންގެ ފިޓްނަސް ޓެސްޓް ނިންމާލައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައްސޭރި ޖަލުގައި ބޭސިކް ފިޓްނަސް ޓެސްޓް ގެ ދެވަނަ ބުރުގައި ހަރަކާތްތެރިވާ އެސެސަރުންގެ ޓެސްޓް މިއަދު ނިންމާލައިފިއެވެ.

މި ޓެސްޓް ގައި ހަތް އެސެސަރުންނާއި ފުރަތަމަ ބުރުގެ ޓެސްޓް ނުޖަހާ ހަތަރު އޮފިސަރުން ބައިވެރިވިއެވެ.

މިޓެސްޓްގައި އެސެސަރުންގެ ގޮތުގައި ބައިވެރިވި ހަތް އޮފިސަރުންވެސް ވަނީ ޓެސްޓް ފުރިހަމަކޮށް ފާސްވެފައެވެ.

އެސެސަރުންނަކީ އޮފިސަރުންގެ މެދުގައި އޮންނަ ފިޒިކަލް ޓެސްޓް އެސެސް ކުރުމުގައި ޙަރަކާތްތެރިވާ އޮފިސަރުން ފުރިހަމަ ކުރަންޖެހޭ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް، އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހުއްދަދީފައިވާ އޮފިސަރުންނެވެ.