މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ވަޒީފާ އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ގެޒެޓްގައި ޝާއިޢު ކޮށްފައިވާ އިޢުލާނުގައި ބުނެފައިވާ ޝަރުޠު ތަކުގެ ތެރޭގައި ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި ‘ދިވެހި އަދި އިސްލާމް’ އިން ދަށްވެގެން ‘ސީ’ ގްރޭޑް ލިބިފައިވުމާއެކު، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހައެއްގެ ސަނަދެއް ހާސިލުކޮށްފައިވާންޖެހޭ ކަމަށާއި ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވާން ޖެހޭނެ ކަމަށެވެ. އަދި އެއްވެސް އިރެއްގައި މަސްތުވާތަކެތި ބޭނުން ކޮށްފައިވާ ފަރާތަކަށް ވެގެން ނުވާނެ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ. އަދި  01 ސެޕްޓެންބަރު 2016 އަށް މީލާދީގޮތުން 18 އަހަރު ފުރި، 35 އަހަރު ނުވާ މީހެއް ކަމުގައިވާންޖެހޭ ކަމަށްވެސް އެ އިއުލާންގައި ވެއެވެ.

އަދި އެ އިއުލާންގައިވަނީ، މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު 04 އޮގަސްޓު 2016 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހުށަހެޅުއްވުމަށެވެ.