މާފުށީ ޖަލުގައި ހަދަމުންދާ ބައުންޑަރީ ވޯލްއަށް ‏ގަދަ ވަޔާއެކު ވަރަށް ބޮޑެތި ‏‏ގެއްލުންތަކެއް ވެއްޖެ‏

މާފުށީ ޖަލުގައި ހަދަމުން އަންނަ ބައުންޑަރީ ވޯލްގެ ބައެއް އިއްޔެ ވެއްޓިއްޖެއެވެ.

އިއްޔެގެ މެންދުރު 1:57 ހާއިރު އައިކޮޅިގަނޑަކާއެކު އެ ފާރުގެ ހުޅަނގު ފަރާތުން 230 ފޫޓްގެ ދިގުމިނުގެ ބައެއް ވަނީ ވެއްޓިފައެވެ. ފާރުން ވެއްޓިފައިވަނީ ރާނާނިމި، ނަމަވެސް އަދި ސިމެންތި ނުޖެހި ހުރި ބަޔެކެވެ. މިހާރު ހަލާކުވިބައިތަކުގެ ސްޓްރަކްޗަރގެ ވަރުހުރި މިންވަރު ބެލުމާ، ލިބުނު ގެއްލުން މަރާމާތު ކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ.

މި ފާރަކީ 20 ފޫޓް އުސް އަދި 1.4 ކިލޯ މީޓަރ ދިގު ފާރެކެވެ. މި ފާރުގެ މަސައްކަތް ކުރަމުންގެންދަނީ އޮފިސަރުންނާއި އެމް.ސީ.އެސް ގެ ބެލުމުގެ ދަށުން ގައިދީންވެސް ބޭނުންކޮށްގެންނެވެ.