‏ޕޮލިސް އެކަޑަމީގެ ބޭފުޅުން އައިކޯސްޓްގެ ބޭފުޅުންނާ ބައްދަލުކުރައްވައިފި‏

_MG_1021

ޕޮލިސް އެކަޑަމީގެ ބޭފުޅުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް) ގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް)ގެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ އެމްސީއެސްގެ ހެޑް އޮފީހުގައިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ޕޮލިސް އެކަޑަމީގެ ފަރާތުން ކުރިއަށްގެންދާ ޕޮލިސް ރެކްރޫޓްމަންޓް ޓްރޭނިންގގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މަސައްކަތްތަކާ ދައުރު އެނގޭފަދަ މޮޑިއުލްއެއް ހިމެނުމާބެހޭގޮތުންނެވެ. އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ކުރިއަށްގެންދާ ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ ޕްރޮގްރާމް (ސީ.އެމް.އެސް.ޕީ) ގައި ބައެއް ފުލުހުން ބައިވެރިކުރުމަށާއި، އޭރޮސޯލް ސަބްޖެކްޓް ރެސްޓްރޭން ޓްރޭނިންގ (އޭ.އެސް.އާރ) ފުރިހަމަ ނުކުރާ ޕްރިޒަން އޮފިސަރުންނަށް އެ ޓްރޭނިންގ ބޭއްވުމާ ބެހޭގޮތުން ވެސް ވަނީ މަޝްވަރާކުރެވިފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލްއާއި އައިކޯސްޓްގެ އެގްޒެކެޓިވް ޑައިރެކްޓަރ، ޗީޕް ޕްރިޒަންސް އޮފިސަރ އަޙްމަދު ރިޒާ ގެ އިތުރުން އައިކޯސްޓްގެ މުދައްރިބުން ބައިވެރިވެލެއްވިއެވެ. އަދި ޕޮލިސް އެކަޑަމީގެ ފަރާތުން ބައިވެރިވެލެއްވީ ސްޕްރިންޓެންޑެންޓް އަޙްމަދު ޝަމީމްއާއި ޕޮލިސް އެކަޑަމީގެ މުދައްރިބުން ބައިވެރިވެލެއްވިއެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *