ގައިދީން ރިހެބިލިޓޭޓްކުރުމަށް މާފުށީ ޖަލުގައި މިހާރުވެސް ހަތް ކޯހެއް ކުރިއަށް އެބަ ގެންދޭ

_MG_2408

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ގައިދީން ރީހެބިލިޓޭޓްކުރުމަށް މިހާރުވެސް މާފުށީ ޖަލުގައި ހަތް ކޯހެއް ކުރިއަށް އެބަގެންދެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގަމުންދަނީ ޤާނޫ‏ނު ނަންބަރު 14/2013 ”ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލް ‏ޤާނޫ‏ނު”ގެ ދަށުން ގައިދީން މުޖުތަމައުއަށް އަހުލުވެރިކުރުމަށާއި ގައިދީން ކުށްކުރުމުން ދުރުހެލިކޮށް ރަނގަޅު ފަރުދުންގެ ގޮތުގައި އަނބުރާ މުޖުތަމައުއަށް ނެރުމުގެ މަގްސަދުގައެވެ.

މިގޮތުން މިވަގުތު ކުރިއަށްގެންދާ ކޯސްތަކަކީ ޤިރާތު ކޯސްގެ ލެވެލް 1،2،3، ގެ އިތުރުން ސެޓްފިކެޓް 2 އިން އޮފީސް ޕެކޭޖް، ބޭސިކް ޤުރްޢާން ކްލާސް، ހިފްޒް ކްލާސް އަދި އެސްއެސްސީ އިމްތިހާނަށް ތައްޔާރުވުމަށް ހިންގާ އިސްލާމް ކްލާސްތަކެވެ. މި ކޯސްތަކުގައި ޖުމްލަ 194 ގައިދީން ވަނީ ބައިވެރިވެފައެވެ.

މި ކޯސްތަކުގެ ތެރެއިން ޤިރާތު ކޯސްތަކާއި، ބޭސިކް ޤުރުޢާން ކޯހާއި ހިފްޒް ކްލާސްތައް ކުރިއަށް ގެންދަނީ އިންސްޓިޓިއުޓް ފޯރ ޤްރުއާން އެންޑް ސުންނަތް އާއި ގުޅިގެންނެވެ.

މި ކޯސްތަކުގެ އިތުރުން ފަހާކޯސްތަކުގެ ލެވެލްތަކާއި، ވުޑް ކަރވިންގ، ލިޔެލާ ޖެހުން، ސްޓޮކިންގ ފްލާވަރ، ކުދި ދޯނި ހެދުން، ސްޓަރޓިންގ އެގްރިކަލްޗަރ އަދި ޕޭސްޓްރީ ކޯސް ފަދަ ކޯސްތައް ވެސް ގައިދީންނަށް ހާއްސަކޮށް ކުރިއަށް ގެންދެއެވެ.

މިފަދަ ރިހިބިލިޓޭޝަން ޕްރޮގްރާމްތަކުގެ ސަބަބުން ގައިދީންގެ ވިސްނުމަށާއި އުޅުމާއި އަމަލުތަކަށް ހެޔޮ ބަދަލުތަކެއް އައިސް، ގައިދީންގެ ކިބައިގައި ރަނގަޅު ހުނަރުތަކެއް އަށަގަނެ، އެމީހުން ހުކުމް ތަންފީޒުކުރުމަށްފަހު ދިރިއުޅުމުގައި އާމްދަނީއެއް ހޯދުމަށް ކުރާނެ ރަނގަޅު މަސައްކަތްތަކެއް ދަސްވެގެންދާނެއެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *