މާފުށި ޖަލުގައި “ސެޓްފިކެޓް 1 އިން ސޫވިންގ” ކޯހުގެ 3 ވަނަ ބެޗް މިއަދު ފަށައިފި

IMG_2852

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ގައިދީންނަށް އަމާޒުކޮށްގެން “ސެޓްފިކޭޓް 1 އިން ސޫވިންގ” ކޯސް މިއަދު މާފުށި ޖަލުގައި ފަށައިފިއެވެ. މިކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގައި ރަޖިސްޓްރީ ކޮށްގެން ހިންގާކޯހެކެވެ.

ފަސް ހަފްތާގެ މުއްދަތަށް ހިންގާ މި ކޯހުގައި ޖުމްލަ 20 ގައިދީން ބައިވެރިވެފައިވާ އިރު ކުލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެބަޔަކަށް ބަހާލައިގެން ކުލާހެއްގައި 10 ގައިދީން ހިމެނޭ ގޮތަށެވެ. މިކޯހުގައި ކިޔަވައިދޭނީ ޖުމްލަ 2 މޮޑިއުލްއެވެ. މި ކޯސް ފުރިހަމަ ކުރާ ބައިވެރިންނަށް ބާލީސް، ބާލީސްއުރަ، ބެޓްޝީޓް، ރަބަރުލެއްވި ހަރުވާޅު، ސޯޓު އަދި ކުޝަން، މިންނަގާ ކަނޑާ ފަހަން އެނގޭނެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް އިން މިހާރުވެސް ޤައިދީންނަށް ތަފާތު ކޯސްތައް ދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން ޤިރާތު ކޯސް ލެވެލް 1،2،3 ، ހިފްސް ކްލާހާއި، އިސްލާމް ކްލާސްތަކުގެ އިތުރުން ބޭސިކް ޤްރުއާން ކުލާހާއި، ކޮމްޕިއުޓަރ ކޯސްތައް ހިންގަމުން ގެންދެއެވެ.

ގައިދީން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމައުއަށް ނެރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރަމުން ގެންދާ މަސައްކަތް މިހާރަށްވުރެން ފުޅާ ކުރުމަށް  ގެންދަނީ އިތުރަށް މަސައްކަތް ކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *