އިންސާނީ ހައްގުތަކަށް ޕްރިޒަން އޮފިސަރުން އަހުލުވެރި ކުރުވުމަށް މާފުށީ ޖަލުގައި ވަރކްޝޮޕެއް ފަށައިފި

IMG_0890

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) އާއި ގުޅިގެން  ޕްރިޒަން އޮފިސަރުން، އިންސާނީ ހައްގުތަކަށް އަހުލުވެރި ކުރުވުމަށް “ޓްރައިނިންގ ފޯ ޕްރިޒަން އޮފިސަރސް” ގެ 3 ވަނަ ވޯކްޝޮޕް މާފުށީ ޖަލުގައި ފަށައިފިއެވެ.

01 ޖޫން 2016 އިން 02 ޖޫން 2016 އަށް ބާއްވާ މި ވަރކްޝޮޕަކީ އިސްލާމީ ޝަރީއަތާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށް ދަމަހައްޓައި، އެފަދަ ހައްގުތައް ކުރިއެރުވުމަށް ކުރާ މަސައްކަތް ތަކުގެ ދަށުން ޕްރިޒަން އޮފިސަރުންނަށް ހާއްސަކޮށްގެން ހިންގާ ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕް ގައި މާފުށީ ޖަލުގެ އެކި ސެކްޝަންތަކުން ޖުމްލަ 19 އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

2014 ން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވާ މި ވަރކްޝޮޕްގައި ކުޑަކުދިންނާ، އަންހެނުންނާ، ޕްރިޒަން އޮފިސަރުންގެ އިތުރުން ގައިދީންގެ އިންސާނީ ހައްގުތަކާއި ބެހޭ މައުލޫމާތު ވަނީ ބައިވެރިންނަށް ހިއްސާ ކުރެވޭނެއެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *