އައްސޭރި ޖަލުގެ ބޮޑު ބައެއް ސާފުކޮށް މަދިރި އުފެދޭ ތަންތަން ނައްތާލުމުގެ މަސައްކަތްކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައްސޭރި ޖަލުގެ ބޮޑު ބައެއް ސާފުކޮށް މަދިރި އުފެދޭ ތަންތަން ނައްތާލުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވި މި މަސައްކަތުގައި މުވައްޒަފުން އުޅޭ ސަރަހައްދާއި ގައިދީން އުޅޭ ސަރަހައްދު އަދި ޖަލުގެ ޕެރިމީޓަރ ސަރަހައްދުގެ އިތުރުން، ޔުނިޓް 06 އާއި ޖަލުގެ މައި ގޭޓް ސަރަހައްދާއި އިންޑަސްޓްރިއަލް ސަރަހައްދު ސާފުކޮށް މަދިރި އުފެދޭ ތަންތަން ވަނީ ނައްތާލާފައެވެ.

IMG_2998

އައްސޭރި ޖަލުގެ ޑައިރެކްޓަރ، އެސިސްޓަންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޙުސެއިން ވިދާޅުވީ ޖަލުގެ ބޮޑު ބައެއް ސާފުކުރުމުގެ އިތުރުން ޖަލުގެ ފަތްކެޔޮ ދަނޑު ސަރަހައްދުގައި ފަތްކެޔޮ ނިރު އިންދުމަށް ކޯރުތަކެއް ވަނީ ކޮނިފައެވެ. އަދި ރާއްޖޭގައި ޑެންގީ ހުން ގިނަވަމުންދާތީ އައްސޭރި ޖަލުގައި މަދިރި ނައްތާލުމަށްޓަކައި ފޮގް މެޝިން ބޭނުންކޮށްގެން ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު ފޮގްކުރަމުން ދާކަމަށްވެސް އޭއެސްޕީ މުޙައްމަދު ޙުސެއިން ވިދާޅުވިއެވެ.

އޭއެސްޕީ މުޙައްމަދު ޙުސެއިން އިތުރަށް ވިދާޅުވީ މި މަސައްކަތް ކުރިއަށް ދިޔައީ ވަރަށް ޖޯށާއި ފޯރީގައި ކަމަށާއި މި މަސައްކަތުގައި ބައިވެރިވި ހުރިހާ އޮފިސަރުންނަށާއި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާކަމަށެވެ.