‏އެޗް.އާރ.ސީ.އެމްއިން އައްސޭރި ޖަލުގައި ވަރކްޝޮޕެއް ބާއްވައިފި‏

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) އިން، ޕްރިޒަން އޮފިސަރުން، އިންސާނީ ހައްގުތަކަށް އަހުލުވެރި ކުރުވުމަށް އައްސޭރި ޖަލުގައި “ޓްރައިނިންގ ފޯ ޕްރިޒަން އޮފިސަރސް” ގެ ނަމުގައި ދެ ދުވަހުގެ ވަރކްޝޮޕެއް ބާއްވައިފިއެވެ.

23 މެއި 2016 އިން ފެށިގެން 24 މެއި 2016 އަށް ބޭއްވުނު މި ވަރކްޝޮޕަކީ އިސްލާމީ ޝަރީއަތާއި، ދިވެހިރާއްޖޭގެ ޖުމްހުރިއްޔާގެ ޤާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށް ދަމަހައްޓައި، އެފަދަ ހައްގުތައް ކުރިއެރުވުމަށް ކުރާ މަސައްކަތް ތަކުގެ ދަށުން ޕްރިޒަން އޮފިސަރުންނަށް ހާއްސަކޮށްގެން ހިންގި ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕް ގައި އައްސޭރި ޖަލުން 20 އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

ކޮންމެ އަހަރަކުވެސް ބާއްވާ މި ވަރކްޝޮޕްގައި ކުޑަކުދިންނާ، އަންހެނުންނާ، ޕްރިޒަން އޮފިސަރުންގެ އިތުރުން ގައިދީންގެ އިންސާނީ ހައްގުތަކާއި ބެހޭ މައުލޫމާތު ވަނީ ބައިވެރިންނަށް ހިއްސާ ކޮށްފައެވެ.