‏އައްސޭރި ޖަލުގައި އެއް ދުވަހުގެ ފުޓްބޯޅަ މުބާރާތެއް ބާއްވައިފި‏

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައްސޭރި ޖަލުގެ ސެކްޝަންތަކުގެ މެދުގައި އިއްޔެ ވަން-ޑޭ ކަޕް ގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ބާއްވައިފިއެވެ.

އައްސޭރި ޖަލުގެ އޮފިސަރުންގެ މެދުގައި އެކުވެރިކަން އާލާ ކުރުމުގެ ގޮތުން ބޭއްވި މި މުބާރާތް ކުރިއަށް ގެންދިޔައީ ދެ ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓްހޯދާ ދެޓީމް ސެމީ ފައިނަލްގައި ބައްދަލުކޮށް، ސެމީ ފައިނަލްއިން މޮޅުވާ ދެޓީމް ފައިނަލްގައި ކުޅޭގޮތަށެވެ.

މިގޮތުން ޝިފްޓް އަލްފާ ފައިނަލަށް ގޮސްފައިވަނީ ކުޅުނު 03 މެޗުން ވެސް މޮޅުވެ، ސެމީ ފައިނަލްގައި ޝިފްޓް ޗާލީ-ބީގެ މައްޗަށް 3-7 އިން ކުރިހޯދައިގެންނެވެ. އަދި ޝިފްޓް ޑެލްޓަރ-ބީ ފައިނަލަށް ގޮސްފައިވަނީ ކުޅުނު 03 މެޗްތެރެއިން 02 މެޗް އިން މޮޅޮވެ، ސެމީ ފައިނަލްގައި 3-5 އިން ކުރިހޯދައިގެންނެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަކީ ޝިފްޓް އަލްފާއެވެ. އަދި ފެއަރ ޕްލޭ ޓީމްގެ ގޮތުގައި ހޮވިފައިވަނީ ޝިފްޓް ޗާލީ-ބީއެވެ. މި މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކީ އަލްފާ ޓީމްގެ ޕްރިޒަން ޕްރައިވެޓް ހުސައިން ނާފިޒް އެވެ. އަދި މި މުބާރާތުގެ އެންމެ މޮޅު 05 ކުޅުންތެރިންނަކީ، އަލްފާ ޓީމްގެ ޕްރިޒަން ކޯޕްރަލް މުޙައްމަދު މުސްތަފާ އާއި ޕްރިޒަން ލާންސް ކޯޕްރަލް އިބްރާހީމް ހަލީމް އާއި ޕްރިޒަން ޕްރައިވެޓް ޙުސައިން ނާފިޒް އާއި ޕްރިޒަން ޕްރައިވެޓް ޢަލީ ސާޖިދު ގެ އިތުރުން ޝިފްޓް ޑެލްޓާގެ ޕްރިޒަން ޕްރައިވެޓް އަޙްމަދު މިޒްހާން އެވެ.

މި މުބާރާތަކީ އައްސޭރި ޖަލުގައި ކޮންމެ އަހަރެއްގަވެސް އެކި ދުވަސް މަތިން ބާއްވަމުން އަންނަ މުބާރާތެކެވެ.