މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މެލޭޝިއާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޕްރިޒަންގެ ޝަރަފުގައި ޑިނަރ ނައިޓެއް ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މެލޭޝިއާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޕްރިޒަން، ދާތުކް ވީރާ ހާޖީ ޒުލްކިފްލި ބިން އޮމަރްގެ ޝަރަފުގައި ރޭ މާފުށީ ޖަލުގައި ޑިނަރ ނައިޓެއް ބާއްވައިފިއެވެ.

އެމަނިކުފާނުގެ އިތުރުން މެލޭޝިއާ ޕްރިޒަން ޑިޕަރޓްމަންޓްގެ ޑީސީޕީ ނޫރްދީން ބިން މުޙައްމަދު އާއި އޭއެސްޕީ ފިލިޕް އަނަކް ޕަންތަކްވެސް ވަނީ މި ޑިނަރ ނައިޓްގައި ބައިވެރިވެލައްވާފައެވެ.

މި ޑިނަރ ނައިޓްގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ އިތުރުން  މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަންޑް އޮފިސަރުންނާއި ސީނިއަރ ރޭންކްތަކުގެ ޕްރިޒަންސް އޮފިސަރުން ބައިވެރިވިއެވެ.

މި ފަރިއްކޮޅު ކުރިއަށް ދިޔައީ މާފުށީގެ މަޝްހޫރު ބޭންޑެއް ކަމުގައިވާ “ދަ ސްޓްރިންގްސް” ގެ ލައިވް މިއުޒިކާއި އެކުގައެވެ.